އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޢައިޝަތު ފިފްޝީން ޢަލީ އައްޔަންކޮށްފިއެވެ.

Ads by Asuru

އެސްޑީއެފްސީ އިން ވަނީ ފިފްޝީން، މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރިކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔައިފައެވެ.

ފިފްޝީން މީގެކުރިން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ.

ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ވެސް ބޭފުޅަކު އައްޔަންކޮށްފައެވެ. އެ މަޤާމަށް އައްޔަންކޮށްފައިވަނީ ފާތިމަތު މީޒާ އާދަމްއެވެ.