ށ.މިލަންދޫން ފުރައިގެން ހދ. ކުޅުދުއްފުށްޓަށް ދަތުރުކުރަމުން ދަނިކޮށް ޑިންގީއެއް ބަންޑުން ޖަހައިލައި ކަނޑުވި ދެ މީހަކު ސަލާމަތްކޮށްފިއެވެ.

Ads by Asuru

އެމްއެންޑީއެފްއިން ބުނީ މިލަންދޫން ފުރައިގެން ކުޅުދުއްފުށްޓަށް ދަތުރުކުރަމުން ދަނިކޮށް ޑިންގީއެއް ބަންޑު ޖަހައިިލިކަމުގެ މައުލޫމާތު ލިބިފަައިވަނީ ރޭ 22:23 ހާއިރު ކަމަށެވެ.

އެގޮތުން އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން އެ ސަރަހައްދަށް ގޮސް ކަނޑުވި ދެމީހުން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ ކަނޑުވި ދެމީހުން ކަންނެލި ދޯންޏެއްގައި ފޯކައިދޫއަށް ގެންގޮސް މިހާރު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.