މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 28ވަނަ ދުވަހަށް ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފިއެވެ.

Ads by Asuru

މެޓުން ބުނީ ރާއްޖެއަށް މިދުވަސްވަރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި މި ފެށޭ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށްވެސް މެޓުން ލަފާ ކުރެއެވެ.

އެގޮތުން މުޅި ރާއްޖެއަށް ބަލާއިރު، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ގާތްގަނޑަކަށް އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ދެކުނުގެ ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.