ޔޯގާ އަކީ އިސްލާމްދީނުގައި ހަރާމް އެއްޗެއްކަން، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއަށް އެނގުނީ، ދިރާސާއެއް ކޮށްގެން ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި ހުޅުމާލެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެެވެ.

Ads by Asuru

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އިވެންޓާ ގުޅިގެން ގިނަ ބަޔަކު ހަައްޔަރުކުރި މައްސަލައިގައި އަދާލަތު ޕާޓީން ހަނު ހުރުން އިސްކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ޔޯގާގެ ހުކުމާމެދު ފަތުވާ މަޖިލީހުންވެސް އެއްޗެއް ބުނެފައި ނުވާއިރު، މި މައްސަލައަށް މަހެއް ވީ ފަހުން އަދާލަތުން ނެރުނު ބަޔާނެއްގައި ވަނީ ޔޯގާ ހަރާމް ކަަމަށާއި، އެކަން ހުއްޓުވައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިން އެދި، ބަޔާނެއް ނެރެފައެވެ.

މިކަމަށް ފާޑުވިދާޅުވެ، ހުޅުމާލޭގެ ކައުންސިލަރު ޝުޖާއު ވިދާޅުވީ ދީނީ ޕާޓީއެއް ކަމަށް ދައުވާ ކުރާ އަދާލަތަށް ޔޯގާ މިއަހަރުގެ ޖުލައިމަހުގައި ދިރާސާއެއް ކޮށްގެން ކަމަށެވެ.

މީގެ އިތުރުން ޝުޖާއު ވަނީ، ލިވާތު ކުރުން ނުވަަތަ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގުމަކީ ހަރާމް ކަމެއްކަން އިމްރާނަށް އެނގިލައްވާތޯވެސް ސުވާލު ކުރައްވައިފައެވެ.

”އަދާލަތު ޕާޓީއަށް ލިވާތު ހަރާމްކަން އެނގޭބާ؟“ މި ސުވާލު އުފައްދަވައި ޝުޖާއު ވަނީ ހޯމް މިނިސްޓަރު އިމްރާން  އެ ހުންނަވަނީ ލިވާތު ކުރާ މީހުން ދޫކޮށްލައިގެން ކަމަށްވެސް ވިދާޅުވެފައެެވެ.

ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާނަކާއެކު އެތައް ދިވެހީންނެއް ވަނީ އެއްޖިންސުން ގުޅުން ހިންގާފައެވެ. މި މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެެވެ.