މިހާރު ލާދީނީ ފިކުރު ވަރަށް ސާފު ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހު މިހެން ވިދާޅުވެފައިވަނީ، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމާ ގުޅިގެން ނުރުހުން ފާޅުކޮށް ނަޝިދު ރޭ ކުރެއްވި ޓްވީޓާ ގުޅިގެންނެވެ.
ކޮއްކޮ ހައްޔަރުކުރުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްޖިިންސން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް ނާޒިމް ހައްޔަރުކުރީ ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން ކަމަށެވެ.
Beyru livaathu community ge thaaeed hoadhaigen mi Raajjein kon molheh veveynee?! Nuveveyne ehves molheh insha Allah!
Livaathu kulhi ves ikhthilaafee massala ekey… Ijumaa eh nethey… vidhaalhu nuvikan naseeb!
Rayyithunnah mihaaru laadheenee fikuru v saafu vaane!
— Ali Zaid (@alizaid1000) July 28, 2022
ނަޝީދު އެ ޓްވީޓަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އިރު، ޒައިދު ވިދާޅުވީ ބޭރު ލިވާތު ކޮމިއުނިޓީގެ ހޯދައިގެން ރާއްޖޭގައި ވެވޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމަށާއި މޮޅެއް ނުވެސް ވެވޭނެ ކަމަށެވެ.
”ލިވާތު ކުޅި އަކީ ވެސް އިޙްތިލާފީ މައްސަލައެކޭ…އިޖުމާއެއް ނެތޭ…ވިދާޅުނުވިކަން ނަސީބު.“ ޔޯގާ ހަރާން ކަމަށް އިލްމުވެރިން ބުނާތީ އެކަމާ ގުޅުވައިގެން ނަޝީދު ކުރެއްވި ޓްވީޓާ ވެސް ގުޅުވައިގެން ޒައިދު ވިދާޅުވި އެވެ.
އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނަޝީދުގެ ކޮއްކޮ ހައްޔަކުރީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށެވެ.
މިގައުމު އިސްލާމްދީނަށް ސީދާ ކުރުމަށް ވަކާލާތު ކުރާ މީހެއްގެ ފަހަތަށް އަރުއްވާ.