އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށުގައި ހައްޔަރު ކޮށްފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން އޭނާގެ ބަންދަށް ހަތް ދުވަސް ޖެހީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ.

ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ މީހުންނާއި ލިވާތާ ގުޅޭ އެހެން މައްސަލަތަކުގައި ތުހުމަތުވާ މީހުން ހައްޔަރުކުރަން ފުލުހުން  ފެށި އޮޕަރޭޝަނުގެ ތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން ނާޒިމްއާއެކު ފުލުހުން މިހާތަނަށް ވަނީ އިތުރު ދެ މީހަކު ހައްޔަރުކޮށްފައެވެ.

ނާޒިމް އެއް ޖިންސުން ގުޅުން ހިންގި ވީޑއޯ އާންމުވިއިރު، އެ ވީޑިއޯގައި ފެންނަނީ ކޮޓަރިއެއްގެ ތެރޭގައި ބަރަހަނާވެގެން އޭނާ އެއްޖިންސުން ގުޅުން ހިންގާ ތަނެވެ.