ފުލުހުންނަށްވެސް ވެރިކަން ހިފަހައްޓާ ދެވޭނީ ވަކި ވަރަކަށް ކަމަށާއި، ”މިކަން ދެން މި ނިމެނީ“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

Ads by Asuru

ތޯރިގު މިހެން ވިދާޅުވެފައިވަނީ އޭނާ ކުރައްވާފައިވާ ޓްވީޓެއްގައެވެ. އޭނާ މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯ ހުރި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތު ތަހުގީގު ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

ނަޝީދު މި ތުހުމަތު ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް އިއްޔެ ފޮނުއްވި މެސެޖުތަކެއްގައެވެ. އެގޮތުން ނަޝީދު ވަނީ ރައީސް ސޯލިހު ބަދު އަހްލާގީ އަމަލު ހިންގާ ހަތަރު ފޮޓޯ ލިބިވަޑައިގެންފައިވާ ކަމަށާއި އެ ފޮޓޯތައް ފުލުހުންނަށް ފޮނުއްވަންވީ ވީތޯ ސުވާލު ކުރައްވާފައެވެ.

އެގޮތުން އެ ފޮޓޯތަކުން ފެންނަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަަމަށްވެސް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ މުޅި ދައުލަތް ބަރަހަނާ ވެއްޖެ ކަމަށާއި، މިއީ ފުލުހުންނާ ސިފައިންވެސް ތެދުވަންވީ ވަގުތު ކަމަށެވެ.

ނަޝީދުގެ ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ދޮގު ކުރައްވައި، އެއީ ބުހުތާނު ދޮގު ކަމަށް ވިދާޅުވެފައެވެ.