ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މިއަދު އިއްވެވީ ރާއްޖޭގައި ވެރިޔަކު އިއްވެވި އެންމެ ދޯހަޅި، ދޯދިޔާ ރިޔާސީ ބަޔާން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަންގު ޓީވީގެ ޕްރޮގާމެއްގައި، ރިޔާސީ ބަޔާނާ ގުޅޭގޮތުން ސުވާލު ކުރުމުން އީސަ ވިދާޅުވީ

”ކުރުކޮށް އަޅުގަނޑަށް ސިފަވި ގޮތް ދަންނަވާ ކަމަށް ވަންޏާ، އަޅުގަނޑަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކެމްޕެއިނެއްގައި ރާއްޖޭގެ ރަށަކަށް އަރާ، ގަހެއްގެ ދަށުގަ ހުރެ، ރައްޔިތުން އެއްކޮށްގެން ވޯޓު ހޯދަން ވެގެން ދައްކާ ޒާތުގެ، ސިޔާސީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް“ އީސަ ވިދާޅުވިއެވެ.

އީސަ އިތުރަށް ވިދާޅުވީ، ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ވާހަކަފުޅު ނުދައްކަވާ ކަމުގައެވެ.

ރައީސް މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި، ޤައުމުގެ ތަރައްޤީއަށް އެމަނިކުފާނު ރާއްވަވާފައިވާ ގިނަ ކަންކަމަށް އަލިއަޅުވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ވެރިކަމުގެ އެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ވަޢުދުވެވަޑައިގެންނެވި ވަޢުދުފުޅުތައް ހިމެނޭ، ހަފްތާ14ގެ ވަޢުދުފުޅުތަކުގެ ތެރެއިން، ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 50 ވަޢުދުފުޅު ވަނީ ފުއްދަވައިފައެވެ.