ރާއްޖޭގައި ލާދީނީ ފިކުރު ފަތުރަން، ކެެނޑިނޭޅި މަސައްކަތް ކުރަމުންދާ ބަޔަކު އެބަތިބި ކަަމަށް އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހިޖުރައިން 1444 ވަނަ އަހަރުފެށޭ މުނާސަބަތާ ގުޅިގެން ނެރުއްވި ހިތާބުގައި ސިޔާމް ވިދާޅުވީ ހިޖުރީ އައު އަހަރެއް ފެށުމުގެ މުނާސަބާ އަޅުގަނޑުމެން ފާހަގަ މިކުރަނީ، ހިޖުރައިގެ މަތިވެރި ދަތުރުން އިބުރަތްތައް ހާސިލުކުރަމުން ކަމަށެވެ.

ސިޔާމް ވިދާޅުވީ މިއަދު މުސްލިމުންގެ އަދަދު ކިތަންމެ ގިނަނަމަވެސް، މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިންތިހާއަށް ގިނަ ކަމަށެވެ.

އެގޮތުން ލާދީނީ ފިކުރުތައް އަޅުގަނޑުމެންގެ ތެރޭގައި ފަތުރައި، ދިނީ އިލްމުވެރިންނަށް ބަދުބަސް ބުނެ އިލްމުވެރިންނަށް އަނިޔާކޮށް، ހަރުކަށިކަމުގެ ޓެގު އެ މީހުންގެ ބޮލުގައި އެޅުވުމަށް ކެނޑިނޭޅި މަސައްކަތްކުރާ ބަޔަކު މިއަދުވެސް ހަރަކާތްތެރިވަމުން ދާކަމަށް ވިދާޅުވިއެވެ.

ސިޔާމް ވަނީ އެފަދަ ނޭއްގާނީ ކަންތައްތައް ހުއްޓުވުމަށް، އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.