އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އަށް ކެންސަރު ޖެހިފައިވާ ކަމުގެ ޚަބަރު އެހީ ފުން ހިތާމައާއެކު ކަމަށާއި އަދި ރަސްގެފާނަށް އަވަސް ޝިފާއެއް ދެއްވުން އެދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ތައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ރަސްގެފާނު ޗާލްސް ކެންސަރުގެ ބަލިމަޑުކަމާ ކުރިމަތިލައްވާނީ ކެތްތެރިކަމާއި އަޒުމާއެކުގައިކަން ޔަގީންކުރައްވާ ކަމަށާއި ރަސްގެފާނު ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވުމަށް އެ މަނިކުފާނާއި ހުރިހާ ދިވެހިން ވެސް އެދޭ ކަމަށެވެ.

ރަސްގެފާނު ޗާލްސްއަށް ޖެހިފައިވަނީ ކޮން ވައްތަރެއްގެ ކެންސަރެއްކަމެއް އަދި ހާމައެއް ނުކުރެއެވެ. އަދި ޑޮކްޓަރުންގެ ލަފާގެ މަތިން މިވަގުތު ޗާލްސް ހުންނެވީ މަގާމުގެ ބައެއް މަސްއޫލިއްޔަތުތައް ކަމަށްވާ “ ޕަބްލިކް ފޭސިން ޑިއުޓީސް “ އާއި ދުރުގައެވެ.