މިއަދު ފާހަގަކުރާ ހިޖުރީ އާ އަހަރާ ދިމާކޮށް މާތްވެގެންވާ ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފިއެވެ.
މިއީ ހިޖުރީ އާ އަހަރާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ބަދަލުކުރި ފުރަތަމަ ފަހަރެވެ.
އަދި މި އަހަރުން ފެށިގެން ސައޫދީ އަރަބިއްޔާގެ ސަރުކާރުން ނިންމާފައި ވަނީ، ހިޖުރީ އާ އަހަރާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމަށެވެ.
ކުރިން ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ހައްޖު މޫސުމާ ދިމާކޮށެވެ. އެގޮތުން ހައްޖު ނުވަތަ އަރަފާތް ދުވަހު ގެފުޅުގެ އުރަކޮޅު ބަދަލުކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވަނީ ވެފައެެވެ.