ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރެއިން މާރާމާރީ ހިންގި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

Ads by Asuru

ގަލޮޅު ދަނޑުގައި އިއްޔެ ކުރިއަށް ދިޔައީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗެކެވެ. ކުޑަހެންވޭރާއި ވިކްޓަރީ ކްލަބު ބައްދަލުކުރި މި މެޗުގެ ފަހު 10 މިނެޓުގައި  ހަމަނުޖެހުން ފެށުނީ ވިކްޓަރީގެ ކޯޗަށް ހަމަލާއެއް ދިނުމުންނެވެ.

އޭގެ ފަހުން ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ ތެރެއިން  ބަޔަކު ދަނޑު މައްޗަށް އަރައި ހަމަނުޖެހުން ހިންގާފައެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

މި ހަމަނުޖެހުމުގެ ތެރެއިން ސޮބާހަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.