ގއ.ވިލިނގިލީގައި މީހަކަށް ފްލެޓް ލިބިފައިވާ ކަމަށް ބުނެ، މަކަރާ ހީލަތުން ދެލައްކަ ރުފިޔާ އަތުލައިފިއެވެ.

Ads by Asuru

ފުލުހުން މިރޭ މީޑިއާތަކަށް ބުނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ، ވިލިނގިލީ މީހެއްގެ ބޭންކު އެކައުންޓުން ދެލައްކަ ރުފިޔާ ނެގި މައްސަލައެއް އިއްޔެ ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

މަކަރާއި ހީލަތުން އެކި ނަންނަމުގައި މީހުންގެ އަތުން ފައިސާ އަތުލުމުގެ މައްސަލަތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ގޮތްނޭނގޭ ފައިސާގެ މުޢާމަލާތްތައް ނުކުރުމަށް ފުލުހުން އެދެއެވެ.

ަ