ސިޔާސީ ވިސްނުމުގައި ކިތަންމެ ހިޔާލު ތަފާތުވީ ނަމަވެސް ވާހަކަ ދައްކަންވާނީ ދީނީ ހަމަތަކަށް ރައްކާތެރިވެގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

Ads by Asuru

 

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތުހުމަތެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އިމްރާން ވިދާޅުވީ ސިޔާސީ ވިސްނުމާއި މަސައްކަތުގައި ކިތަންމެ ހިޔާލު ތަފާތުވިޔަސް ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން ހިފަހައްޓަން ޖެހޭ ހަމަތަކާއި އަހުލާގިއްޔަތަށް ރައްކާތެރިވުމަށް ހުރިހާ ސިޔާސީ ލީޑަރުން ވިސްނަވަން ޖެހޭ ކަމަށެވެ.

ނަޝީދުގެ ވާހަކައާ ގުޅިގެން އިމްރާންގެ އިތުރުން، އަދާލަތު ޕާޓީގެ އެހެން ދީނީ އިލްމުވެރިންގެ ފާޑުކިޔުންވެސް ރައީސް ނަޝީދަށް ވަނީ އަމާޒުވެފައެވެ.