މަސްވެރި ކޮންމެ އުޅަނދަކަށް އަމާޒުކޮށް ފެށި ރެސްކިއު ޑައިވަރު ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދަށުން ގއ. ވިލިނގިލިން 14 ފަޅުވެރިޔަކު ކޯސް ފުރިހަމަކޮށްފިއެވެ.

Ads by Asuru

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމް ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހެވެ.

އެންމެ ފުރަތަމަ ގދ.މަޑަވެލީގައި މި ޕްރޮގްރާމް ފެށިއިރު، އެ ރަށުގެ އަށް ދޯންޏަކުން އަށް މަސްވެރިން މި ޕްރޮގްރާމްގައި ބައިވެރިވެ ކޯސް ވަނީ ފުރިހަަމަކޮށްފައެވެ.

ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.