ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

Ads by Asuru

ޗައިނާގެ ޝިންހުއާ ނިއުސްއަށް ރައީސް ދެއްވި ވީޑިއޯ މެސެޖެއްގައި  ވިދާޅުވީ ޗައިނާގެ އައު އަހަރަކީ އެ ޤައުމުގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޗައިނާ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނެސްދޭނެ އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް މުޢިއްޒު ވަނީ އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި ދިވެހި ރައްޔިތުންގެ ފަރާތުން ވެސް ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ފޮނުއްވަވައިފައެވެ.

ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއް ކުރެއްވީ ޗައިނާއަށެވެ. އެމަނިކުފާނަކީ މި އަހަރު ޗައިނާއަށް ދަތުރުފުޅު ކުރެއްވި، ބޭރު ޤައުމެއްގެ ފުރަތަމަ ލީޑަރުވެސްމެއެވެ.

ރައީސްގެ ޗައިނާ ދަތުރުފުޅުގައި އެ ޅމަނިކުފާނު ވަނީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާ ކުރުމަށާއި ރާއްޖޭގެ ތަރައްގީގައި ޗައިނާގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ. އަދި ވަނީ ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، ރާއްޖެ-ޗައިނާ ގުޅުން ބަދަހި ކުރަން 20 އެއްބަސްވުމުގައި ވެސް ސޮއިކޮށްފައިވެއެވެ.