އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ދަތުރުތަކުގެ ފައިސާ ނުދައްކާ ހުރުމުން އެ ފައިސާ ހޯދަން މޯލްޑިވިއަން އިން އެންމެ ފަހުގެ ނޯޓިސް އެ ޕާޓީއަށް ފޮނުވައިިފިއެވެ.

Ads by Asuru

އެމްޑީޕީއަށް އެންމެ ފަހުގެ ނޯޓިސް ފޮނުވިއިރު މޯލްޑިވިއަނުން ވަނީ ތަކުރާރުކޮށް އެ ޕާޓީން ދައްކަން ޖެހޭ ފައިސާ ދައްކަން އެދިފައެވެ.

ނަމަވެސް އަދިވެސް އެ ފައިސާ ނުދައްކާ އޮތުމުން މި މަހުގެ 18 ގެ ކުރިން އެ ފައިސާ ހޯދުމަށް ކޯޓަށް ދާނެ ކަމަށް ވަނީ ނޯޓިސް ފޮނުވާފައެވެ.

މޯލްޑިވިއަން މެދުވެރިކޮށް އެމްޑީޕީއީން ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ކުރި ދަތުރަށް 5.6 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

މޯލްޑިވިއަންއިން އެމްޑީޕީއަށް މިދިޔަ ބުދަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ޕާޓީއިން އެ ކުންފުނިން ނަގާފައިވާ ޓިކެޓާއި ޗާޓާ ފްލައިޓްތަކަށް ނުދައްކާ ހުރި ފައިސާގެ ޖުމުލަ އަދަދު 5،629،861 ރުފިޔާއަށް އަރާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މޯލްޑިވިއަންނާއި އެމްޑީޕީއިން އެއްބަސްވެފައިވަނީ ޚިދުމަތް ހޯދާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާގޮތަށެވެ.