އިންޑިއާގެ ކޮޗިންގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން ދިވެއްސަކަށް އަނިޔާތަކެއް ލިބިއްޖެއެވެ.

Ads by Asuru

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެކްސިޑެންޓުގައި އަނިޔާވި ދިވެހިންނަށް މިހާރު ވަނީ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ.

އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ރ. އަލިފުށީ އެއް ޢާއިލާއެއްގެ ބަޔަކަށެވެ. އެއީ އުމުރުން 25 އަހަރުގެ ދަރިފުޅާއި އޭނާގެ 50 އަހަރުގެ މަންމަ އާއި 54 އަހަރުގެ ބޮޑުދައިތައަށެވެ.

މި އެކްސިޑެންޓު ހިނގީ ކޮޗިން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން ދިއުމަށް ފަހު އެނބުރި ޓްރިވެންޑްރަމަށް ދިޔަ މަގުމަތީ ހައިވޭގެ އެއް ފަޅީގައި ކާރު ޑްރައިވަރު މަޑުކޮށްލި ވަގުތު އަނެއް ފަޅިން އައި ކާރެއް ޖެހިގެނެވެ.

މި އެކްސިޑެންޓުވި މީހުންގެ ތެރެއިން އެކެއްގެ މޫނުމަތިން ދެ ތަނެއް ފަޅައިގެން ގޮސްފައިވެއެވެ. އަދި އެކެއްގެ ފައި ބިނދި މޫނަށް ވެސް އަނިޔާ ވެފައިވެއެވެ.