ކުރީގެ ނައިބު ރައީީސް ޑރ.މުޙައްމަދު ޖަމީލު ކުރިން ދައްކަވާފައިވާ ވާހަކަފުޅުތަކެއް ހިއްސާ ކުރައްވައި، ޕީއެންސީގެ ޗެއާޕާސަން، ޢަބްދުއްރަޙީމް ޢަބްދުﷲ އެމަނިކުފާނަށް ވަރުގަދަ ”ހަމަލާއެއް“ ދެއްވައިފިއެވެ.

Ads by Asuru

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެންމެ ފުރަތަމަ ނައިބު ރައީސްގެ މަޤާމުގައި ހުންނެވީ ޖަމީލެވެ.

ނަމަވެސް ރައީސް ޔާމީނާއި ޖަމީލާ ދެމެދު އުފެދުނު ސިޔާސީ ކޯޅުންގަނޑުގެ ތެރެއިން، އެމަނިކުފާނު މަޤާމުން ވަކި ކުރީއެވެ.

‏އެ ދުވަސްވަރު ރައީސް ޔާމީނަށް ޖަމީލު ފާޑުވިދާޅުވާ މަންޒަރު ފެންނަ ކުރު ވީޑިއޯއެއް އެކްސްގައި ހިއްސާ ކުރައްވަމުން، ޢަބްދުއްރަޙީމް ކެޕްޝަނުގައި ލިޔުއްވީ މިހެންނެވެ.

”ފެހި ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށި ފަހުން ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ ނައިބުގެ މައްޗަށް އިތުބާރު ގެއްލިއްޖެ ކަމަށް ބަޔާން ކުރައްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ވަކި ކުރެއްވި ފުރަތަމަ ނާއިބު ރައީސްގެ ދޫފުޅުން އެ ދުވަހު ދެއްކެވި ވާހަކަފުޅު“ މިހެންނެވެ.

ޢަބްދުއްރަޙީމް އެކްސްގައި ޕޯސްޓުކުރެއްވި ވީޑިއޯގައި ޖަމީލި ވިދާޅުވެފައިވަނީ ރައީސް ޔާމިން ރައްޖެއަށް ބާރުމިނުގައި ގެނެސްފައިވަނީ ފަސާދައާއި ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ވައްކަން ކަމުގައެވެ.

އަދި ރައީސް ޔާމީން ކުރެއްވީ ތާރީޚު ދެކެފައި ނުވާފަދަ އަނދިރި ވެރިކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީީސް ޔާމީނާއި ޖަމީލު އޭގެ ފަހުން އެކުގައި މަސައްކަތް ފެއްޓެވި ފަހުން، ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ވެސް އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ޖަމީލެވެ. ރައީސް ޔާމީން އުފައްދަވަން އުޅުއްވާ އައު ސިޔާސީ ޕާޓީ، ޕީއެންއެފް ވުޖޫދު ކުރުމުގެ މަސައްކަތުގައިވެސް ޖަމީލު އުޅުއްވައެވެ.

ަ

 

 

ެ