މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު، ޔޯގާގެ ހަރަކާތް ހުއްޓުވަން އުޅުނު މައްސަލައިގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ ޝައިޚް އާދަމް ނިޝާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން މާދަމާ ފެށުމަށް ތާވަލްކޮށްފިއެވެ.

Ads by Asuru

ޝައިޚް ނިޝާން ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 11:15 އަށެވެ.

ޔޯގާ ހުއްޓުވި މައްސަލައިގައި، ޝައިހް ފަޒްލޫން ބިން މުހައްމަދު އަދި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ. މިމަހު 19 ވަނަ ދުވަަހު ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް ވަނީ އިތުރުކޮށްފައެވެ. އަދި ފަޒްލޫން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.