އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ އާއިލާއިން ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި އެ ޕާޓީ ހިސޯރު ކޮށްފައިވާ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެެވެ.

Ads by Asuru

މިއަދު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ގުޅުވައި ކުރެއްވި ޓްވީޓެއްގައި މޫސަ ވަނީ އެމްޑީޕީ އުފެއްދި އެންމެ މުހިންމު އެއް އަސާސަކީ އާއިލީ ނުފޫޒާއި، އެއް އާއިލާއަކުން، ދިގު ދެމިގެންވާ ގޮތެއްގައި ބާރުވެރިކަމުގައި ދެމިތިބޭ ތިބުން ނިމުމަކަށް ގެނައުން ކަމަށެވެ.

އަދި ރައީސް ނަޝީދާ އެމަނިކުފާނުގެ އާއިލާއިން ފާއިތުވި 17 އަހަރު އެމްޑީޕީ ހިސޯރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަަކައި، މިއަދުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ވޯޓު ދިނުމަށް މޫސަ ވަނީ އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިއަދު ބާއްވާ އިންތިހާބުގައި މޫސައާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.