އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ވަގުތުން މަގާމުން ވަކި ކުރުމަށް ޝެއިހު އަލީ ޒައިދު ގޮވާލައްވައިފިއެވެ.

Ads by Asuru

ޒައިދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ގޮވާލެއްވިއިރު، ރައީސް ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ވަރަށް ބޮޑު ތުހުމަތެއް ކުރައްވާފައެވެ. އެގޮތުން ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރުމުން، އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ދެއްކެވި ވާހަކައިގެ ތެެރެއިން، ނަޝީދު ވަނީ ރައީސް ސޯލިހުއަށް ޒިނޭގެ ތުހުމަތު ކޮށްފައެވެ.

އަދި އެކަމަށް ހެކިދޭ ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަޝީދުގެ މިވާހަކަތަކަކީ ދޮގެއް ނަމަ، ހައްދު ޖަހަން ޖެހޭނެ ކަމަށް އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޝެއިހު ޒައިދު ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ ”ހެޑު“ގެ ގޮތުގަޔާއި، ޕާޓީގެ ރައީސްގެ ގޮތުގައި ނަޝީދު ބަހައްޓައިގެން ދައްކަމުންދަނީ ނުބައި ނަމޫނާއެއް ކަމަށެވެ.

”ތިޔަ ޕާޓީގެ ތަސައްވުރު އާންމުންގެ ކުރިމަތީގައި ނަގާ ނުލައްވާ.“

އޭނާ އިތުރަށް ވަނީ އަހްލާގީ ގޮތުން ދަށް އެމްޑީޕީގެ ރައީސް ނަޝީދު ވަގުތުން މަގާމުން ދުރު ކުރަންވެސް ގޮވާލައްވައިފައެވެ.