އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ޤާއިމުކޮށްފައިވާ މާލޭގެ އެކްސްޕީރިއަންސް ސެންޓަރު ފާމުދޭރިމަގަށް ބަދަލުކޮށްފިއެވެ.
އެ މަގުގައި އަލަށް ހުޅުވި އެކްސްޕީރިއަންސް ސެންޓަރާއެކު މާލޭގައި އުރީދޫގެ ރަސްމީ އެކްސްޕީރިއަންސް ސެންޓަރަކަށް ވާނީ މި ސެންޓަރެވެ.
އުރީދޫން މަޢުލޫމާތު ދޭގޮތުގައި، މި ސެންޓަރުން އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެއެވެ.
ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 04:30 އަދި ރޭގަނޑު 08:00 އިން 10:00 އަށް މި ސެންޓަރު ހުޅުވާފައި ހުންނާނެއެވެ.
ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އުރީދޫ އެކްސްޕީރިއަސް ސެންޓަރު (އޯއީސީ) ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވަޒީރު އާދަމް ޝަރީފެވެ.
އުރީދޫން ބުނާ ގޮތުގައި، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކޮށްދެމުންނެވެ.