ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

Ads by Asuru

”އިމްޕީޗް ނަޝީދު“ ގެ ނަމުގައި ޗޭންޖް.އޯގްގައި ފަށާފައިވާ މި ޕެޓިޝަނުގައި މިހާތަނަށް 30 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެެެއެވެ.

މި ޕެޓިޝަނުގެ އެންމެ ފުރަތަމަ އަމާޒަކީ މަދުވެގެން 100 ސޮއި ހޯދުމެވެ. މި ޕެޓިޝަންގައި ބުނެފައިވާ ގޮތުން، ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން ބޭނުން ވަނީ އިސްލާމް ދީނަށް ގޮންޖައްސަވައި ދިވެހިންގެ އިޖުތިމާއީ ފޭރާން ހަލާކުކުރަމުންދާތީކަމަށެވެ.

މިފަދަ ޕެޓިޝަނެއްގައި ސޮއި ކުރަމުން އަންނައިރު، ރައީސް ނަޝީދު ވަނީ ލިވާތު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ނަޝީދަށް ވަނީ އަމާޒުވެފައެވެ.

އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒިނޭ ކުރާކަން ހާމަކޮށްދޭ ހަތަރު ފޮޓޯ ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ނަޝީދު ދާދި ފަހުން ދެއްކެވި ވާހަކައާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި އޮތް ދެ ފެކްޝަނުގެ ދެމެދުގައިވާ ކޯޅުންގަނޑުވެސް ވަނީ އިތުރުވެފައެވެ.