ވެރިރަށް މާލޭގެ، ޗާންދަނީ މަގުގައި ހުންނަ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ޒަޚަމްވި މީހާ މަރުވެއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން، ފުލުހުން ބުނިގޮތުގައި ޗާންދަނީ މަހުގައި ހަދަމުންދާ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ އިންޑިއާ ޒުވާނެކެވެ.

Ads by Asuru

މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ފުލުހުން ބުނީ އޭނާ ވެއްޓިފައިވަނީ ސިޑިގޮޅިން ކަމަށެވެ.

ސިޑިގޮޅިން އެންމެ ތިރިއަށް ވެއްޓުނު ޒުވާނާގެ ހާލު ސީރިޔަސް ވެގެން، އައިޖީއެމްއެޗަށް ވެސް ގެންދިޔައެވެ.