ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ އިންޑިއާ އަށް ފައްޓަވާ ރަސްމީ ދަތުރުގެ ތެރޭގައި އެ ގައުމުގެ އެހީގައި ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖް މަޝްރޫއު ރަސްމީކޮށް ފަށަން ނިންމައިފިއެވެ.

Ads by Asuru

މި ވާހަކަ އިންޑިއާގެ ބައެއް މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވެއެވެ.

ރައީސް ސޯލިހުގެ މި ދަތުރުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ވިޔަފާވެރިންނާ އެކީ ބޮޑު ވަފުދެއް ބައިވެރިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ގްރޭޓަރ މާލެ ސަރަހައްދު ގުޅުވާލުމަށް، މި ސަރުކާރުން ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ ތިލަ-މާލެ ބްރިޖް މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ. މި މަޝްރޫއަށް ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ.

ރައީސް ސޯލިހު، އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅަކީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.