މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ބަލައި ފާސްކުރަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by Asuru

އެޗްޕީއޭ އިން މިއަދު ކުރި އިޢުލާނެއްގައި ވަނީ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ޚާއްޞަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން މިމަހުގެ 18 ވަނަ ދުވަހު މާލޭ ސަރަހައްދުގެ ކޯބާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ގޮސް އެތަންތަން ބަލައި ފާސްކުރާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ ޚާއްޞަ އިންސްޕެކްޝަން ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)، ހުޅުމާލެ ހޮސްޕިޓަލް އަދި ކަމާގުޅޭ އެހެން މުއައްސަސާތަކާ ގުޅިގެން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.