ވޯލްޑް ސިޓީސް ސަމިޓްގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެއެވެ.
މި ފޯރަމުގައި މާލެ ސިޓީ ކައުންސިލް ތަމްސީލު ކުރައްވާފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު އާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ، އަދި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ، އާއި މައްޗަންގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު ގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އައިޝަތް ނާޒިމާއެވެ.
ވޯލްޑް ސިޓީސް ސަމިޓްގައި ބައެއް ކައުންސިލަރުން ބައިވެރިވެ ވަޑައިގަންނަވަނީ.
ވޯލްޑް ސިޓީސް ސަމިޓަކީ އެކި އެކި ގައުމުތަކުގެ ލީޑަރުންނާއި އަދި މާހިރުން، ދުނިޔޭގެ ބޮޑެތި ސިޓީ ތަކުގައި އުޅުމުގައި ދިާވާ ގޮންޖެހުންތަކަށް، ހައްލުތައް ހޯދައި މަޝްވަރާ ކުރުމަށް 2008 އަކުން ފެށިގެން ކޮންމެ އަހަރަކުވެސް އެތަކެއް ގައުމުތަކުން ބައިވެރިވާ ސަމިޓެކެވެ. މި ސަމިޓް އިންތިޒާމު ކުރަނީ ސިންގަޕޫރުގެ ސެންޓަރ އޮފް ލިވަބަލް ސިޓީސް އަދި އާރބަން ރީޑީވެލޮޕްމަންޓް އޮތޯރިޓީއާއިއެކުއެވެ.
މި ސަމިޓްގައި މާލެ ސިޓީ މޭޔަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މޭޔަރުގެ ވާހަކަފުޅުގައި މާލެ ސިޓީ ޑިޖިޓަލް ސިޓީއަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުން ގެންދާ މަސައްކަތަށް ވަނީ އަލި އަޅުއްވާލައްވާފައެވެ.
އަދި އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ކައުންސިލުން ދެމުން އަންނަ ގިނަ ޚިދުމަތްތަކެއް ޑިޖިޓަލް ކުރެވިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ލިބޭނެ ފަސޭހަތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި އަހަރުގެ ވޯލްޑް ސިޓީސް ސަމިޓް ޝިއާރަކީ “ ލިވަބަލް އެންޑް ސަސްޓެއިނަބަލް ސިޓީސް: އެމާރޖިންގް ސްޓްރޯންގަރ“އެވެ.
މި ސަމިޓަކީ 31 ޖުލައި އިން ފެށިގެން 2 އޮގަސްޓް ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ ފޯރަމެކެވެ.
ޜަގަޅު ތަޖުރިބާއެއް