ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ހިންގުމަށް ކޮމާޝަލް ޔުނިޓްއެއް ދިނުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Asuru

ޤުރުއާނާ ބެހޭ މަރުކަޒުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް، އެ މަރުކަޒަށް ކޮމާޝަލް ޔުނިޓެއް ޙަވާލުކޮށްފައި ވަނީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން، ކުލި ނުނަގާ ގޮތަށެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދާއި ކުންފުނީގެ ސީއެފްއޯ އަހްމަދު ޝާމްއެވެ. އަދި ޤުރުއާނާއި ބެހޭ މަރުކަޒުގެ ފަރާތުން އިމާމް އަބްދުލް ޖަލީލް އިސްމާއިލް އަދި އިމާމް އަބްދުﷲ ރަޝީދެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުގެ ހުޅުމާލޭގެ ގޮތްޕަށް މިއަދު ދޫކުރި ކޮމާޝަލް ޔުނިޓް އެ މަރުކަޒާ ޙަވާލުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ފީއެއް ނުނަގާ ގޮތަށެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ޤާއިމްކުރެވޭ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެއެވެ.

އަދި އެ މަރުކަޒުގެ ޚިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަ ލިބިގެން ދާނެއެވެ.