ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ”މަޖީދީ ރަން“ އިފްތިތާހު ކޮށްދެއްވައިފިއެވެ.

Ads by Asuru

‎ރޭ  މުލީއާގެ ކުރިމަތީގައި ބޭއްވެވި މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ވަނީ ރައީސްގެ އަތްޕުޅަށް ’މަޖީދީ ރަން‘ ގެ ޓޯޗް އަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ޓޯޗު ސްޓިއަރިންގ ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާއީލާ ހަވާލު ކުރައްވައިފައެވެ.

‎މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްލޫކްގެ ފަރާތުން ރައީސްގެ ދެކަނބަލުންނަށް ވަނީ ’މަޖީދީ ރަން‘ ގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ދެއްވާ ‘މަޖީދީ ރަން’ އާ ގޫޅޭ ޚާއްޞަ ޓީޝަރޓެއް ވެދުންކުރައްވާފައެވެ.

‎މި ހަރަކާތަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.