ޕީސް ކޭބަލް، އުރީދޫގެ ކުޅުދުއްފުށީ ސައިޓަށް ގުޅާލައިފިއެވެ.

Ads by Asuru

މި ޕީސް ކޭބަލް ގުޅާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއާ ސިންގަޕޫރު އަދި ޔޫރަޕާ ގުޅާލެވޭ ޕީސް ކޭބަލް ކުޅުދުއްފުށީގައި އެޅުމަކީ ކުޅުދުއްފުށްޓަށް އަދި މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މި މަސައްކަތުގެ ސަބަބުން މުޖުތަމައަށް އިތުރު މަންފާ ލިބި އިތުރު ދޮރުތަށް ހުޅުވިގެންދާނެކަމަށެވެ.

އަދި އުރީދޫއިން ރާއްޖެއަށް އިޖާދީ އެތައް ހިދުމަތެއް ތައާރަފުކޮށް ރާއްޖެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް މިނިސްޓާ ވަނީ އުރީދޫއަށް ޝުކުރު ދަންނަވާފައެވެ.

ކުޅުދުއްފުށީގައި އިއްޔެ މި ގުޅާލި ޕީސް ކޭބަލަކީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އިންޓަނޭޝަނަލް ސަބަމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ.

މި ކޭބަލްގެ ސަބަބުން ހިދުމަތުގެ ލޭޓަންސީއާއި ކެޕޭސިޓީ އިތުރުވާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އެގޮތުން މި ކޭބަލާއެކު އެކު 5 ޖީ ގެ ގާބިލުކަން އިތުރުވާނެ ކަމަށާއި ަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ މި ކޭބަލާއެކު އުރީދޫއިން ދޭ ހިދުމަތްތައް އެތައް ގުނައަކަށް ރަނގަޅު ވެގެން ދާނޭކަމަށާއި ކުޅުދުއްފުށި ސިޓީގެ ނަން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕު ތަކުގައި ހިމެނިގެން ދާނެކަމަށެވެ.

އުރީދޫ މޯލްޑިވްސް އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެންވެސް އުރީދޫއިން ވަނީ އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތަކާއި ޑިސްކައުންޓުތަކެއް ދިނުމަށް ހަމަޖައްސާފައެވެ.