ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

Ads by Asuru

އެ އެލާޓް ތ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ނެރެފައި ވަނީ ހެނދުނު 7:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަށެވެ.

އެލާޓުގެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައިވެއެވެ.

އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.