ރާއްޖެ ފަޚުރުވެރިވާނެ ފަދަ ތަރައްޤީ ގދ. ތިނަދޫންވެސް ދެން ފެނިގެން ދާނެ ކަމަށް ލޯކަލް ގަވަރްނެސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިފަދައިން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

އާދަމް ޝަރީފު ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ވިސްނުން އެންމެ ފުރަތަމަ އުފަން ކުރެއްވީ ރައީސް މުއިއްޒު ކަމަށެވެ. ރައީސް މުއިއްޒު، އެކަން އިއުލާން ކުރެއްވުމުން، އެއިރުގެ ސަރުކާރުން ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ކަމަށެވެ.

”އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގަ އިރާދަކުރެއްވިއްޔާ މި ސިޓީ ރާއްޖޭގަ ފަހުރުވެރިވާވަރުގެ ތަރައްގީއާއި ކުރިއެރުން މި ރާއްޖޭގެ އެހެން އެއްވެސް ތަނަކުން ފެންނަކަމަށް ވެއްޖިއްޔާ އެންމެ ރަނގަޅަށް ފެންނާނެ އެއް ތަނަކަށް ތިނަދޫ ސިޓީ ވެގެންދާތަން އަޅުގަނޑަށް މިއަދު އެބަ ތަސައްވަރު ކުރެވޭ“ އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ކައުންސިލްތަކަށް ފަޅުރަށްތައް ހޯއްދަވައި ދެއްވުމަށް މަސައްކަތްކޮށްދެއްވައި، ކައުންސިލްތައް ހުރިހާ ގޮތަކުން ވެސް ބާރުވެރިކުރުވަމުން ކަމަށެވެ.