...
Advertisement
ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އައިޑީ ކާޑު ނެގޭނެ ގޮތް ހަދައިފި
21 ފެބްރުއަރީ 2024

ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)އިން ބުނީ އެގޮތަށް ހަމަޖައްސާފައި ވަނީ ރައްޔިތުންނަށް ލުއިފަސޭހަކޮށް އެ ޚިދުމަތް ހޯދޭނެ ގޮތް ހެދުމުގެ ގޮތުން ކަމަށެވެ.

ޑީއެރްއާންއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މަހުގެ 25 ވަނަ ދުވަހު ފެށިގެން ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން ސިޓީގައި ބަޔާންކޮށްފައިވާ ފަރާތަށް، ކާޑު ދޫކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
އެގޮތަށް ކާޑު ދޫކުރި ކަމުގައިވީ ނަމަވެސް ކާޑާއި ހަވާލުވުމަށްފަހު، ވެރިފަރާތަށް ކާޑު ނުލިބިގެން އެ ޑިޕާޓްމެންޓަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާނެ ކަމަށް އެ ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ.

 

Ads by ooredoo maldives