މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި މައްސަލައެއް ބަލަން ފަށައިފިއެވެ.

Ads by Asuru

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ މިފަދަ މައްސަލައެއް ބަލަމުންދާކަން މީޑިއާތަކަށް ޔަޤީން ކޮށްދީފައެވެ.

ފުލުހުން ބުނީ، މި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މީހާ ދެނެގަތުމުގެ މަސައްކަތް ވެސް ފުލުހުންދަނީ ކުރަމުން ކަމަށެވެ.

”އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.“ ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ނުދެއެވެ.