ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުން މުހައްމަދު ހިސާން އަލީ ފަހްމީއާ ހަވާލުކޮށްފިއެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމެންޓްގެ އިސްވެރިޔާ ކަމަށްވާ އިބްރާހިމް ހޫދު ވިދާޅުވީ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ވެރިއެއްގެ ގޮތުގައި މިއަދުން ފެށިގެން މަސައްކަތް ކުރާނީ ހިސާން ކަމަށެވެ.
ހިސާންއަކީ ރައީސް އޮފީހުގައި އަންޑަރ ސެކްރެޓެރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.