މޫނުގެ ހަމުގައި ހުންނަ ރޫތައް ފިލުވާލުމަށް ބޭނުން ކުރެވިދާނެ އެންމެ މޮޅު އެއްޗަކީ، މޫނުގައި ފޭސް މާސްކް ހަދައިގެން ހޭކުމުގެ އިތުރުން ކޮންމެ ދުވަހަކު  ކެވިވެސްދާނެ އެއްޗެކެވެ.

Ads by Asuru

މި ދައްކަނީ ރާއްޖޭގެ ރަށްތަކުގައި ފަސޭހައިން ހައްދާލެވޭ ފަޅޮލުގެ ވާހަކައެވެ.

ސިއްހީ ބައެއް ދިރާސާތައް ދައްކާ ގޮތުން ރީތިކޮށް ޒުވާންކަން މަތީގައި ތިބެން ބޭނުންވާ މީހުންނަށް ފަޅޯ އެއީ މުހިންމު މޭވާއެކެވެ. ފަޅޮލުން ތިމާގެ މޫޑު ރަނގަޅު ކޮށްދޭއިރު، ހަންގަނޑު ރީތިވުމާއި، އުމުރުން ދުވަސްވުމުގެ އަލާމާތްތައް ކުޑަ ކޮށްދެއެވެ. އެހެންކަމުން މިއީ ގިނަ ބައެއްގެ ހިތްހަމަ ޖެހުމަކަށް ވެސް އެބަވެއެވެ.

މި ލިޔުމުގައި މި ހިއްސާކޮށްލަނީ މޫނުގައި ނަގާ ރޫތައް ފިލުވާލައި، މޫނު ތާޒާކަންމަތީގައި ބެހެއްޓުމަށްޓަކައި، ފަޅޮލާއި ރީނދޫ ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ފޭސް މާސްކެކެވެ.

ތައްޔާރު ކުރާނެ ގޮތް:

ދޮންވެފައިވާ ކުޑަ ފަޅޮލެއްގެ ތޮށި މަށާލައި، އޮށްތައް ނެގުމަށްފަހު، ޗަސްކޮށްލާށެވެ. އަދި އެއަށް ސައިސަމުސާ ރީނދޫ އެޅުމަށްފަހުގައި ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު މޫނު ރީތިކޮށް ދޮވެލައި މޭކަޕްތައް ސާފުކޮށްލާށެވެ. ދެން ފަޅޮލުން ހެދި ޕޭސްޓު މޫނާއި ކަނދުރާގައި ހޭކުމަށްފަހު 15 މިނެޓް ވަންދެން ބަހައްޓާށެވެ.

އޭގެފަހުން މޫނު ދޮވެލަން ވާނީ ތާފަނާ ފެނުންނެވެ. މާސްކު ނެގުމަށްފަހު އަދިވެސް އެއްފަހަރު މޫނު ދޮވެލާށެވެ. މިފަހަރު ފިނި ފެނުންނެވެ.