ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދަވަން އުޅުއްވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް 3060 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ހުށަހަޅަން ޖެހޭ އަދަދަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އީސީން މިހާރު ދަނީ ހުށަހެޅި ފޯމުތަކުގެ ސައްހަކަން ޔަގީން ކުރަމުންނެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަދުވެގެން 3000 ފޯމު ބޭނުންވެއެވެ.

މިހާރު ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 3000 މެންބަރުންގެ ފޯމުގެ ސައްޙަކަން ކަށަވަރުވުމާއެކު ލަސްނުވެ ޕީއެންއެފް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޭނެއެވެ.

ޕީއެންއެފް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅުއްވީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީނެވެ.