ށ.މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ 100 އިންސައްތަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ads by Asuru

ރައީސް މި ޔަޤީންކަން ދެއްވީ މިއަދު ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމުގައެވެ.

އޭގެ ތެރޭގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކުރިއަށް ގެންދަވާކަމަށާއި އަދި މަގުތައް ހެދުމާއި ހޮސްޕިޓަލްގެ މަސައްކަތާއި، އިންޑޯ އައުޓްޑޯ ކުޅިވަރު ކުޅޭ ކޮމްޕްލެކްސް ހެދުމާއި، މީގެ އިތުރުން ހައުސިންގ ދާއިރާއިން ހުރި ވަޢުދުތައް ހިމެނޭހެން ހުރިހާ ވަޢުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް ވަނީ މިހުރިހާ ކަމެއް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް މަގު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ.