އޮފީހެއްގެ ތިޖޫރީއެއް ފަޅާލައި، ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

މި މައްސަލައިގައި ހައްޔަރުކުރި މ.ދިއްގަރަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ކުރަނީ ވައްކަން ކުރުމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުންދިންކަމުގެ ތުހުމަތެވެ. މި މައްސަލައިގައި އޭނާ 20 ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރުކޮށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނީ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ނެގިކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.

މި މައްސަލާގައި ބަލައި ފާސްކޮށް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެންމީހާ އަތުން 106,000 ރުފިޔާއާއި އޭނާގެ ކޮއްކޮގެ އަތުން 36,000 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.