ވަޢުދު ވެވަޑައިގެންނެވިގޮތަށް ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ މިއަދު ށ. ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވާހަކަފުޅުގައި ކޮމަންޑޫގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާތާ އެތައް އަހަރެއްވެފައި ވީނަމަވެސް ރައްޔިތުން އެދޭ ފެންވަރުގައި އެރަށަށް ތަރައްޤީ ލިބެމުން ނުދާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ރަށުގެ ބިން ފުރިފައިވުމާއެކު ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު އަންނަންޖެހޭކަމަށާއި، ބަންދަރާ ގުޅިފައިވާ އެކި މަސައްކަތްތަކާއި، ފެނާއިނަރުދަމާ މަޝްރޫޢުގައި ހައްލުކުރަން ހުރި ކަންކަމާއި އަދި މި ނޫންވެސް އެރަށުގެ ތަރައްޤީއަށް ކުރިއަށްދާ އަދި ކުރަންހުރި މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވަނީ ހުރިހާ މަޝްރޫޢެއް ފުރިހަމަކޮށްދެއްވައި އެ މައްސަލަތަކަށް ދާއިމީ ހައްލުތައް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން މަތިކޮމަންޑުއާ ގުޅާލުމުގެ މަޝްރޫޢުވެސް މި ސަރުކާރުން ކުރިއަށްގެންދާނީ ރައްޔިތުންނާ މަޝްވަރާކޮށްގެން، ރައްޔިތުން އެމަޝްރޫޢަށް ބަދަލުތަކެއް ގެންނަން އެދޭނަމަ އެބަދަލުތަކަކާވެސް އެކުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އަބަދާއަބަދު ކަންކަން ވުމުގެ އުންމީދުގައި ތިބުމުގެ ބަދަލުގައި މިސަރުކާރުން ކަންކަން ނިންމައިދީ ނަތީޖާ ނެރެދެއްވާނެކަމުގައެވެ.