ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ އޭޕްރީލް 21ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

Ads by Asuru
މީގެ ކުރިން އީސީން މި އިންތިހާބު ބާއްވަން ނިންމާފައި ވަނީ މާޗް މަހުގެ 17 ވަނަ ދުވަހެެވެ.

ނަމަވެސް މަޖިލީހުގެ އިންތިހާބު ފަސްކުރުމުގެ ބިލު ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފައެވެ.

މިއާއެކު އީސީން ވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާބެހޭ ހާއްސަ ޖަލްސާއެއް މިރޭ ބާއްވާ އޭޕްރިލް 21 ގައި އިންތިހާބު ބާއްވަން ނިންމާފައެވެ.

އެ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށް މަޖިލީސް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ނިންމާފައިވެއެވެ.

އިންތިހާބު ފަސް ކުރުމާ ގުޅިގެން އަންނަ ބަދަލުތަކުގެ މައުލޫމާތު ހޮނިހިރު ދުވަހު ހިއްސާ ކުރާނެ ކަމަށް އީސީން ބުނެއެވެ.