ރައްޔިތުން މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު އަންނަ އޭޕްރީލް މަހަށް ފަސްކުރުމުން އިތުރު 560 މީހުންނަށް ވޯޓު ލެވޭނެ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by Asuru

އީސީގެ ނައިބު އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހުގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ

އިންތިހާބު ބާއްވާ ތާރިހު ފަސްވުމާ ގުޅިގެން އިންތިޚާބުގައި ވޯޓުލުމުގެ ހައްގު އިތުރު 560 މީހުންނަށް ލިބޭ ކަމަށް ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބަށް ރީ ރަޖިސްޓްރީ ކުރުމަށް އިތުރު ތިން ދުވަސް ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ހާމަކޮށްފައިވާގޮތުގައި މަޖިލިސް އިންތިޚާބުގައި ވޯޓު ލިބުމުގެ ހައްގު 284،327 މީހުންނަށް ލިބެއެވެ.

.