އީދު ނަމާދު ފަށާ ގަޑި އަވަސްކުރަން މަޝްވަރާކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެެ.
ދިވެހިރާއްޖޭގައި މިހާރު އީދު ނަމާދު ކުރަން ފަށާ ގަޑި އަކީ 7:30އެވެ.
އީދު ނަމާދު ފަށާގަޑި އަވަސް ކުރަން މަޝްވަރާ ކުރަން ފަށާފައިމިވަނީ މިހާރު އީދު ނަމާދު ފަށާ ގަޑި ލަސްކަމަށް ބުނެ އާންމުން ޝަކުވާ ކުރަމުން ގެންދާތީ ކަމަށް ބެލެވެއެވެ.
ރާއްޖޭގައި ފިތުރު އީދާއި އަޟްހާ އީދު ނަމާދު ކުރަނީ، ބޮޑު ޖަމާއަތުގައެވެ.