ގދ.ގަމާ ދިމާލުން 13 ޑައިވަރުން އޮޔާ ދަނިކޮށް މެރިން ފުލުހުން ސަލާމަތްކޮށްފިއެވެ.

Ads by Asuru

ފުލުހުން ބުނީ، މެރިން ޕޮލިސްގެ ލޯންޗެއް މިއަދު ހެނދުނު ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އެ އަތޮޅު ގަމާ ދިމާލު ކަނޑުމަތިން ޑައިވަރެއް ފެނިގެން އެ ސަރަހައްދަށް ދިޔަ ކަމަށެވެ.

އަދި އެ ސަރަހައްދަށް ދިޔައިރު އިތުރު ދެ ޑައިވަރުން ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ޑައިވަރުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އަދިވެސް އިތުރު ޑައިވަރުންތަކެއް އޮޔާ ދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ފުލުހުން ބުނެއެވެ.

އެ ސަރަހައްދުން ރަޝިއާގެ 10 ޑައިވަރުންނާއި ހަތަރު އިންސްޓްރަކްޓަރުން ނަގައި ސަލާމަތް ކޮށްފައިވާ ކަމަށާއި ސަލާމަތް ކުރި މީހުންގެ ތެރޭގައި ދިވެހި ތިން އިންސްޓްރަކްޓަރަކު ހިމެނޭ ކަމަށް ފުލުހުން ހާމަކުރެއެވެ.

އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި ފުލުހުންގެ ލޯންޗުގައި އެ މީހުން ގދ. ގައްދުއަށް ގެންގޮސް އެ މީހުން ޑައިވިނަށް ދިޔަ ދޯންޏާ މިހާރު ވަނީ ހަވާލު ކޮށްފައިކަަމަށް ފުލުހުން މައުލޫމާތުދެއެވެ.