ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް، ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުގައި ވެސް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރ އަދި ބ އަތޮޅަށް ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، ރ.އަލިފުށީގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ، ރައީސް ވިދާޅުވި ގޮތުގައި، އެކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ސަރުކާރަށް އެނގޭތީއެވެ.

ރައީސްގެ ވާހަކަފުޅުގައި މުހިންމު ގިނަ މަޝްރޫއުތަކެއް އެކި ހިސާބުގައި ކުރިއަށް ނުގޮސް ހުރިކަން ފާހަގަކުރައްވައި، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން، އެ މަޝްރޫއުތައް ނިންމަން ބޭނުންވާނެ އަދަދަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ހަރަދު ކުޑަކޮށް، އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދައިގެން، މި އަހަރުގެ ތެރޭގައި ހިންގަން ވައުދުވި ހުރިހާ މަޝްރޫއުއެއް ވެސް، މި އަހަރު ހިންގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރ.އަލިފުށީގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން

”ލަސްލަހުން ހިންގާ މަޝްރޫއުތައް، ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތް، ހަމަޖެހެމުން މިދަނީ. އަދި އަލަށް ފަށަން ހުރި މަޝްރޫއުތައް ވެސް ދާދި އަވަހަށް ފެށުމަށްޓަކައި، ކުރަންޖެހޭ ކަންކަން އެބަ ކުރިއަށް ގެންދަން.“ ރައީސް ވިދާޅުވިއެވެ.

އަލުފުށީގެ ތަރައްގީގެ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވައި، އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ، ރައީީސް ވައުދުވެވަޑައިގެންނެވި ގޮތަށް، ސިނާއީ ސަރަހައްދެއް ވެސް ހިމެނޭނެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.