...
Advertisement
ވެރިކަމަށް ތިން މަސް- ރައީސް މުއިއްޒު 100 ވަނަ ކައުންސިލާ ބައްދަލު ކުރައްވައިފި

ވެރިކަމާ ހަވާލުވެވަޑައިގެން މި ފާއިތުވި ތިން މަސް ދުވަސް ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު 100 ވަނަ ކައުންސިލާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

Ads by Asuru

ރައީސް މުއިއްޒު 100 ވަނަ ކައުންސިލާ މިއަދު ބައްދަލުކުރައްވާފައިވަނީ މިހާރު ރ އަދި ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު އުނގޫފާރުގައެވެ. އެމަނިކުފާނު ބައްދަލުކުރެއްވި 100 ވަނަ ކައުންސިލަކީ އެ އަތޮޅު ރަސްގަތީމު ކައުންސިލެވެ.

ރައީސް އަތޮޅުތެރެއަށް ދަތުރުފުޅު ފައްޓަވައިފައިވާއިރު، އެމަނިކުފާނު ވިދާޅުވެފައި ވަނީ، އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ދެ ފަހަރު ޒިޔާރަތް ކުރެއްވުން ކަމަށެވެ.

ރައީސް މުއިއްޒު ގެންދަވަނީ ރަށު ކައުންސިލުތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

މިއަދު އެމަނިކުފާނު ވަނީ އުނގޫފާރުގެ ކައުންސިލަރުންނާއި ވެސް ބައްދަލު ކުރައްވާފައެވެ.

 

 

Ads by ooredoo maldives