މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުން  ފެށި މަސައްކަތުގެ ދަށުން ހަތަރު ފުރޮޅުލީ އުޅަނދުތަކެއް ނައްތާލައިފިއެވެ.

Ads by Asuru

އެ މިނިސްޓްރީން މިއަދު ބުނީ، މި މަސައްކަތުގެ ދަށުން މާލެ އާއި ހުޅުމާލެއިން މިހާތަނަށް 158 ފުރޮޅުލީ އުޅަނދު ނައްތާލެވިފައިވާ ކަމަށެވެ. މި އަދަދަށް އުޅަނދުތައް ނައްތާލެވުނީ، މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

https://twitter.com/MoTCAmv/status/1764218228191183233?t=F-WDvMsCkZUhf0p3u-ZJwA&s=19

ޓްރާންސްޕޯޓު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، މި މަސައްކަތުގެ މަގްސަދަކީ މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، މަގުތަކަކީ އަމާން ތަންތަނަށް ހެދުމެވެ.