ލިޔެލާ ޖަހަން ދަސްކޮށްދޭ މަރުކަޒެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ބ.ތުޅާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމާއި ލިޔެލާ ޖެހުން ފަދަ ކޮންމެ ސިނާއަތަކަށް ވެސް ކުރިއެރުން ލިބޭނެ ގޮތް ހަދައިދެއްވުން ކަމަށެވެ.

”އަދި އަމުދުން، ނެތެމުންދާ ސިނާއަތެއް، ލިޔެލާ ޖެހުން، ރާއްޖޭގެ ގައުމިއްޔަތާއި ގުޅިފައިވާ ދިވެހިވަންތަކަމާއި ގުޅިފައިވާ ކަމެއް.“ ‏އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނާން އޮތް ޖީލުތަކަށް ލިޔެލާ ޖެހުމުގެ މަސައްކަތް ވާސިލުކޮށްދިނުމަށްޓަކައި، އެކަން ދަސްކޮށްދޭނެ މަރުކަޒެއް ގާއިމު ކޮށްދެއްވުމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ދުވަސްވަރު އެމަނިކުފާނު ހަނދުމަފުޅު ހުންނެވި ކަމަށެވެ.

”އެއީ ގައުމީ ކަމެއް، އޭގެ އިތުރަށް ވެސް ރާއްޖޭގައި ލިޔެލާ ޖަހައި، އަތްތެރި މަސައްކަތް ކުރުމާއި އެކި ކަހަލަ ފަންނުވެރިކަމުގެ ކުރީގައި ހިންގާފައި ރާއްޖޭގައި އެބަހުރި.“

ރައީސް އިތުރަށް ވިދާޅުވީ، އެކަން އިޔާދަ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ.