ރާއްޖޭގެ އިސްލާމީ އިދާރާތައް ހިންގާނެ ލީޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްއޮތް ރޯދަ މަހަށް ފަހުގައި ފަށަން ނިންމަވައިފިއެވެ.

Ads by Asuru

މި ނިންމެވުން ހާމަކުރައްވަވައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން އިސްލާމިކް މިނިސްޓަރުގެ މަގާމާއި ކޮލެޖް ޔުނިވަރސިޓީތަކާއި އެހެނިހެން އިދާރާތައް ހިންގުމަށް ގާބިލު ޒުވާނުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިޕްރޮގްރާމުގައި ބައިވެރިވެވޭނީ އިސްލާމީ ދާއިރާއަކުން ދަށްވެގެން ޑިގްރީ އެއް އޮތް މީހުންގެ ތެރެއިން ހޮވޭ އިލްމީ ފަރާތްތައްކަމަށެވެ.

މިޕްރޮގްރާމުގައި އިސްލާމީ އިދާރީ ލީޑަރޝިޕްގެ ދާއިރާއިންނާއި، އިސްތިރާޖީ ވިސްނުމާއި އިސްތިރާޖީ ރޭވުންތެތިކަމާއި މުއައްސަސާތައް ބިންނާކުރާނެ ގޮތާއި، ހިންގުމާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި، ޑިޕްލޮމެސީއާއި ކްރައިސިސް މެނޭޖްމަންޓްގެ އިތުރުންވެސް ލީޑަރޝިޕާ ގުޅުން ހުރި ދާއިރާތަކުން ތަމްރީނުކުރެވޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މިވޕްރޮގްރާމްގެ ތެރެއިން އިސްލާމީ ޤައުމުތަކުގެ މުހިއްމު ޝަޚްސިއްޔަތުތަކާއި ބައްދަލުކޮށް ގައުމުތަކަށް ތަޖުރިބާގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ވިދާޅުވެފައެވެ.